ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓާރމިނަލްގައި ޤާއިމު ކުރެވިފައިވާ ސަލާމަތީ ނިޒާމްތައް ޓެސްޓްކޮށް އޭވިއޭޝަން ސެކިއުރިޓީ މަސައްކަތުގައި ބޭނުންކުރުމުގެ ހުއްދަ ދިނުމަށްޓަކައި ކުރިއަށް ގެންދަންޖެހޭ އިންސްޕެކްޝަންތައް ދިފާޢީ ވުޒާރާގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) ޑިވިޜަން އިން ކުރިއަށްގެންގޮސްފިއެވެ.
ސަލާމަތީ ނިޒާމްތައް ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ރޭވިފައިވަނީ އެމް.އޭ.ސީ.އެލް އާ ގުޅިގެން ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމްގެ މިންގަނޑުތަކާ އެއްގޮތަށް، ނިޒާމީ ގޮތެއްގައި ތަފާތު ބައިތަކަށް ބަހާލެވިގެންނެވެ. އެގޮތުން މިއަދުގެ އިންސްޕެކްޝަންގައި މި ޓާރމިނަލްގެ އެކްސެސް ކޮންޓްރޯލް އަދި ސީ.ސީ.ޓީ.ވީ ނިޒާމް ބަލައި ޓެސްޓް ކުރެވިފައިވެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އޭވިއޭޝަން ސެކިއުރިޓީ މަސައްކަތުގައި ބޭނުން ކުރުމަށް ޤާއިމުކޮށްފައިވާ ހޯލްޑް ބެގޭޖް ސްކްރީނިންގ އަދި ބެގޭޖް ހޭންޑްލިންގ ސިސްޓަމްގެ ޓެސްޓް ކުރުމަށްޓަކައި ބެގެޖް ސްކްރީނިންގ ޓްރަޔަލް ސެޝަންތައް ކުރިއަށް ގެންދިއުމާއެކު އޭވިއޭޝަން ސެކިއުރިޓީ މަސައްކަތުގައި ބޭނުން ކުރުމަށް ޤާއިމުކޮށްފައިވާ އެހެނިހެން އިކުއިޕްމެންޓްތައް ޓެސްޓް ކުރުމުގެ މަސައްކަތުގެ އިތުރުން މި ޓާރމިނަލްގައި ޤާއިމު ކުރެވިފައިވާ އިކުއިޕްމެންޓް ތަކާއި އެކްސްސް ކޮންޓްރޯލް ނިޒާމާއި ސީ.ސީ.ޓީ.ވީ ނިޒާމް ބޭނުންކުރުމުގެ އެސް.އޯ.ޕީ ތައް ރިވިއުކޮށް ހުއްދަ ދިނުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ.
@dasamaldives has done inspection of the Velana New Terminal, reviewing the advanced security systems in place to ensure international standards.#VelanaNewTerminal#VIAone #TeamMACL pic.twitter.com/T9goYFDbC9
— Maldives Airports Company Ltd (@MACLmedia) July 15, 2025
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނިންމަވާފައިވާ ގޮތަށް ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓާރމިނަލް ހުޅުވުމަށްޓަކައި ދިފާޢީ ވަޒީރުގެ އިރުޝާދުގެ ދަށުން ދިފާޢީ ވުޒާރާ އިން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކަމާއިބެހޭ އިދާރާތަކާ ގުޅިގެން ތާވަލް ކުރެވިފައިވާ ގޮތަށް ކުރިއަށް ގެންގޮސް ނިންމުމަށް ހަމަޖެހިފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް