ހިލޭ ޑިގްރީ ސްކީމްގެ ދަށުން މި އަހަރުގެ މިހާތަނަށް 85 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
މިކަން ހާމަކޮށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތައް ދައްކަގޮތުން މި ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް މި އަހަރު ހިލޭ ޑިގްރީ ސްކީމަށް ދައުލަތުން ވަނީ 85،478،150.89ރ. ހޭދަކޮށްފައެވެ.
މިއާއެކު މި ސްކީމް ތަޢާރަފްކުރި ދުވަހުން ފެށިގެން މިހާތަނަށް ކުރި ޚަރަދު ވަނީ 235،843،017.62ރ. އަށް އަރައިފައެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2025 ވަނަ އަހަރު އެކަނިވެސް މި ސްކީމަށް 1،100 ދަރިވަރުން ރަޖިސްޓްރީކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 704 އަންހެން އަދި 464 ފިރިހެން ދަރިވަރުންނެވެ. މީގެ އިތުރުން މި އަހަރުގެ މިހާތަނަށް މި ސްކީމްގެ ދަށުން 2،068 ދަރިވަރުން ދަސްވެނިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 1،355 އަންހެން އަދި 713 ފިރިހެން ދަރިވަރުންނެވެ.
މީގެ އިތުރުން، ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން މި ވަގުތު 8،086 ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި ހިމެނެނީ 5،047 އަންހެން ދަރިވަރުންނާއި 3،039 ފިރިހެން ދަރިވަރުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް