އައިޖީއެމްއެޗްގައި ނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔައީ ކޮޓަރި ތެރޭގައި ވެއްޓިފައި އޮއްވާ ފެނިގެން ކަމުގައި ފުލުހުން ބުނެފިއެވެ.
މިކަން ހާމަކޮށް ފުލުހުން މީޑިއާއަށް ފޮނުވި މެސެޖުގައި ފުލުހުން ބުނީ ނިޔާވެފައިވަނީ މއ. ސައިނޯސަރު، މުޙައްމަދު ރަޝީދު (43 އ)ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ގޭގެ ކޮޓަރި ތެރޭގައި ވެއްޓިފައި އޮއްވާ ފެނިގެން ކަމަށެވެ.
Advertisement
އަދި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް