މާފަންނު ބަސް ޓާމިނަލް ކައިރިން ބޮޑުތަކުރުފާނު މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހި ހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި، އެތާ ކައިރިން ދަތުރުކުރި ޕިކަޕެއްގައި ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި ޔޫސުފް އަލްސަން މުޙައްމަދުގެ މައްޗަށްކުރެވޭ ކަށުނަމާދު މިއަދު ޢަސުރު ނަމާދަށްފަހު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
ކަށު ނަމާދު އޮންނާނީ ޢަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
އެ އެއެކްސިޑެންޓުގައި ސައިކަލުގައި ތިބީ 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެކެވެ. މި އެކްސިޑެންޓުގައި 17 އަހަރުގެ ކުއްޖާ ވަނީ ނިޔާވެފައެވެ.
އައިޖީއެމްއެޗްގައި ފަރުވާ ދޭންފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، 17 އަހަރުގެ ކުއްޖާ ވަނީ މަރުވެފައެވެ. އެއީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ދަރިފުޅު، ޔޫސުފް އަލްސަން މުހައްމަދެވެ. އަލްސަން އަކީ ތޭރަވާ އާއި އަޝްފާގެ ހަމައެކަނި ދަރިފުޅެވެ. ފުލުހުން ވިދާޅުވީ ސައިކަލް ދުއްވަން އިނީ އަލްސަންކަމަށެވެ.
އަދި މި އެކްސިޑެންޓުގައި އަނިޔާވެ ފަރުވާދެމުން އަންނަ 16 އަހަރުގެ ކުއްޖާއާއި 40 އަހަރުގެ މީހާގެ ހާލުވެސް ސީރިއަސްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އަލްސަންގެ ކުއްލި ވަކިވުން ވެގެންދިޔައީ އެތައް ބަޔަކަށް އޭގެ ފުން އަސަރުތަކެއް ކުރުވި ކަމަކަށެވެ. ކުއްލިގޮތަކަށް މީހެއްގެ ހަމައެކަނި ފުރާނަ ނިޔާވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމުގެ ހިތާމަފާޅުކޮށް އާއިލާއަށް ތަޢުޒިޔާކިޔަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް