ލ. ގަމަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. މާވަށް / އުޑުވިލާގެ، ޙުސައިން ޝަރީފް (35އ) އެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ތ. އަތޮޅުން ލ. ގަމަށް އަންނަ ފެރީއަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖުލައި މަހުގެ 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ލ. ގަން މުކުރިމަގު ބަނދަރުމަތިންނެވެ.
މިމީހާ ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސް، ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި އެއް ކޮތަޅު ފެނިފައިވާކަމަށާއި މިތަކެތީގެ ބަރުދަނަކީ 321.40 ގްރާމުކަމަށް ފުލުހުން ބުނެފައިވެއެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ. މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް