ކުޅުއްދުއްފުށި ސިޓީގައި ޤާއިމުކުރުމަށް ނިންމާފައިވާ ދަމަނަވެށީގެ މަސައްކަތް ފެށުމަށްޓަކައި ބިން ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ހެލްތާއި އެމަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަނާއިއާއެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.
އެގޮތުން މި ފަހުމުނާމާގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާއިލް ޝަރީފްއެވެ. ރޯޑްޑިވެލަޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކޮމްޕަނީގެ ސްޓޭޝަން މެނޭޖާރ އަހްމަދު ހަސަން އެވެ.
މިރަސްމިޔާތުގައި ކުޅުދުއްފުށި ސިޓީގެ ކައުންސިލާއި ކުޅުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ޕްރޮޖެކްޓްގެ ޖުމުލަ އަގަކީ 23,113,061.08 ރުފިޔާ އެވެ.
މިއީ މާލެއިން ބޭރުން ހަދާ ފުރަތަމަ ދަމަނަވެއްޓެވެ. މާލޭގައި ހިންގާ ދަމަނަވެށިން ދޭ ހުރިހާ ޚިދުމަތެއް ދޭ ގޮތަށް ހަދާ މި ދަމަނަވެށީގެ އިމާރާތް ހެދުމަށް ހަމަޖެހިފައިވަނީ ދެ ފަންގިފިލާއަށެވެ. މިތަނުން ދޭ ޚިދުމަތުގެ ތެރޭގައި ވެކްސިން ދިނުމާއި، ކުޑަކުދިން ހެދިބޮޑުވުމުގެ މައުލޫމާތު އެއްކުރުމާއި، ޓޮބޭކޯ ސިޒޭޝަން ޕްރޮގްރާމް ހިންގުމުގެ އިތުރުން ޞިއްޙީ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމް ހިންގުން ހިމެނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް