ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން މީހަކު ކަނޑައެޅުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ހުޅުވާލި ފުރުޞަތު 8 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
އެ މަގާމަށް ކުރިމަތިލާން މަޖިލިސް އިދާރާއިން މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާނު ކުރީ، މިހާރު އެ މަގާމުގައި ހުންނެވި ޑރ. އާމިނަތު އުއްމުކުލްސޫމްގެ ދައުރު ހަމަވާތީއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީންއާއްމު ފާތިމަތު ނިއުޝާ ވަނީ އެ މަގާމަށް އެދި ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް އިއްވައިފައެވެ.
1. އަލްއުސްތާޛު އިބްރާހީމް ޒާހިދު، ލިލީމާގެ/ ގދ. ވާދޫ
2. އަލްއުސްތާޛު އަހުމަދު އަލީ، ހމ. ފްލެޓް ނަންބަރު 01-ޖީ-108
3. އަލީ އާމިރު، މއ. ޕެންޒީވިލާ
4. އިދްރީސް ފައުޒީ، ފަހިވާގެ/ ލ. ކަލައިދޫ
5. އަލްއުސްތާޛު އަހުމަދު ޝާފިއު، އުދަރެސް/ ހއ. އިހަވަންދޫ
6. ޑރ. ހުސައިން ފާއިޒް، ދަފްތަރު ނަންބަރު 1325
7. އަލްއުސްތާޛު ހަސަން ވަހީދު، ރަންކޮކާގެ/ ހދ. ކުރިނބީ
8. ޢަލީ މުޙައްމަދު މަނިކު، ދަފްތަރު ނަންބަރު ރސ 1851
ޖޭއެސްސީ މެންބަރުކަމަށް ބޭފުޅަކު އައްޔަނުކުރާނީ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓުންނެވެ.
ޖޭއެސްސީއަށް ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކަށް އެ ކޮމިޝަނުގައި ހުރެވޭނީ 5 އަހަރުގެ އެއް ދައުރަށެވެ. އަދި އެ ދައުރު ހަމަވުމުން އެ މީހަކު އަލުން އެ ކޮމިޝަނަށް ޢައްޔަނު ނުކުރެވޭނެކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް