އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދަށް ގެނެވުނު 6 ވަނަ އިސްލާޙުގެ ދަށުން، ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި، އެހެން ހުރިހާ އުޅަނދެއް، 2025 ޖުލައި 13 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރެވޭނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އިން ދޫކުރާ އެއްގަމު އުޅަނދު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ނެގުމަށް ފަހުގައިކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
މިކަން ހާމަކޮށް އިއްޔެ އެ މިނިސްޓްރީން ނެރުނު އިއުލާނުގަި ވަނީ، އެފަދަ އުޅަނދުތައް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދައަށް އެދި، މި މިނިސްޓްރީގެ ޕޯޓަލް eportal.mta.gov.mv މެދުވެރިކޮށް ހުށަހެޅޭގޮތް މިހާރު ހަމަޖެހިފައިވާކަމަށެވެ.
އަދި، މި ޚިދުމަތަށް އެދޭ ފޯމްއެ މިނިސްޓްރީގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބެންހުންނާނެ ކަމުގައިވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، 2025 ޖުލައި 13 ވަނަ ދުވަހުގެ ފަހުން ދިވެހިރާއްޖެއަށް އެތެރެކުރާ ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު، އެ އުޅަނދު ދިވެހިރާއްޖެއަށް އެތެރެކުރުމަށް ނަގާފައިވާ ހުއްދަ ހުށަހަޅަންޖެހޭނެ ކަމަށްވެސް އެ މުނިސްޓްރީން އަންގާފައިވެއެވެ.
Advertisement
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް