ހދ. ނޮޅިވަރަންފަރުގައި އިޖުތިމާޢީ ދުޅަހެޔޮކަމާއި ޢާއިލީ ތަރައްޤީއަށް އަމާޒުކޮށް ކުރާނެ ގިނަ ކަންތައްތަކާ ބެހޭ މަޝްވަރާތައްކެއް ކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށްގެންދިޔައީ ހދ. ނޮޅިވަރަންފަރު ކައުންސިލާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ ދެމެދުއެެވެ.
މިކަން ހާމަކޮށް އެ ވުޒާރާއިން ބުނީ، ހދ.ނޮޅިވަރަންފަރު ކައުންސިލާއި އެކު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ރަށުގެ އިޖުތިމާޢީ ދުޅަހެޔޮކަމާއި ޢާއިލީ ތަރައްޤީއަށް އަމާޒުކޮށް ކުރާނެ ގިނަ ކަންތައްތަކާ ބެހޭ މަޝްވަރާތައްކެއް ކުރެވިފައިވާކަމަށާއި ނޮޅިވަރަންފަރު ކައުންސިލުން ވަނީ މި އަހަރުތެރޭގައި އެ ވުޒާރާއާއި ގުޅިގެން ރަށު ފެންވަރުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިކަމަށެވެ.
ހދ ނޮޅިވަރަންފަރު ކައުންސިލާއި މި ވުޒާރާއާ ދެމެދު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ. މި ބައްދަލުވުމުގައި އިޖުތިމާޢީ ފޭރާން ހެޔޮކޮށް، ޢާއިލީ ތަރައްޤީގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާމެދު ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. pic.twitter.com/Oiq9wzRRd2
— Ministry of Social and Family Development (@MSFDmv) July 6, 2025
އެގޮތުން، ރަށުގައި ނާޒުކު ޙާލަތުގައިވާ ފަރާތްތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލާއި މި ވުޒާރާއާއި ގުޅިގެން މަސައްކަތްކުރުމާއި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށްގެން އިޖުތިމާޢީ މައްސަލަތައް ކުޑަކުރެވޭ ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމުގެ އިތުރުން، އިސްރަށްވެހިންނަށް އަމާޒުކޮށްގެން ރަށު ފެންވަރުގައި ޚިދުމަތް ދިނުމަށް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވެސް ވަނީ މުހިންމު މަޝްވަރާތަކެއް ކުރެވިފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް