އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުން ކުރިއަށް ގެންދިޔަ ޗެރިޓީ އިވެންޓް ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
މި ހަރަކާތަކީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ 70 އަށް ވުރެ ގިނަ ދަރިވަރުންނާއެކު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މިގޮތުން ދަރިވަރުންގެ އުފެއްދުންތެރިކަން ތަރައްޤީކޮށް، އެކަކު އަނެކަކަށް އެހީތެރިވުމާއި އަޅައިލުމުގެ ސިފަ އަށަގެންނެވުމުގެ މަޤްޞަދުގައި ބޭއްވުނު މި ހަރަކާތުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުންދާ ފިޔަވައްޗަށެވެ.
ވަޒީރު ޑރ. @aishathshiham ، ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން މިއަދު ކުރިއަށް ގެންދިޔަ ޗެރިޓީ އިވެންޓް ޝަރަފުވެރި ކޮށްދެއްވައިފި.
މި ހަރަކާތުން ދަރިވަރުންނަށް ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ މި ވުޒާރާގެ ދަށުން ހިންގަމުންދާ ފިޔަވައްޗަށް. pic.twitter.com/wLhpezkKmb
— Ministry of Social and Family Development (@MSFDmv) July 5, 2025
ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ކުދިންނަށް އެހީތެރިވުމުގެ ގޮތުން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން އިސްނަންގަވައިގެން މިފަދަ ހަރަކާތެއް ހިންގެވީތީ، މި ވުޒާރާގެ ފަރާތުން ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް