ސަގާފީ ތަރިކަ ރައްކާތެރިކުރުމާއި އުނގެނުމާއި ގުޅޭގޮތުން ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ އިސްވެރިންނާއި، ތުރުކީގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ވަފުދެއްގެ މެދުގައި މަޝަވަރާކޮށްފިއެވެ.
މި މަޝަވަރާ ބައްދަލުވުން ބާއްވާފައިވަނީ މާލޭގައި ހުންނަ ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގައެވެ.
Senior officials from the Ministry of Tourism and Environment engaged in productive discussions with a delegation from the Grand National Assembly of Türkiye.
The meeting underscored the strong ties between our two countries and served as a platform to exchange insights on… pic.twitter.com/1mgl89VNzx
— Ministry of Tourism and Environment (@MoTmv) July 2, 2025
މި މަޝްވަރާތަކުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާވެގެން ގޮސްފައިވެއެވެ. މި ބައްދަލުވުމަކީ، ދިވެހިރާއްޖެއާއި ތުރުކީގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ގުޅޭގޮތުން ހިޔާލު ބަދަލުކުރުމާއި، ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ދިރުވުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް މުހިންމު މަންސައަކަށް ވެގެން ގޮސްފައިވެއެވެ.
މި ބައްދަލުވުމުން ދައްކުވައިދެނީ ދިވެހިރާއްޖެއާއި ތުރުކީގެ ގުޅުން ބަދަހިކުރުމަށް ދެ ޤައުމުންވެސް ދޭ ސަމާލުކަމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް