މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލޭ ފޭސް 1 އިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. ކާށިދޫ / ސްނޯވައިޓް، އަޙްމަދު ވަސްމީ (26އ) އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ޖޫން 30 ވަނަ ދުވަހު ހުޅުމާލޭ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކޮށްފައެވެ. އޭނާ ގާތު ފުލުހުން މަޑުކުރަން ބުނުމުން އޭނާގެ އަތުގައި އޮތް އެއްޗެއް ބިންމައްޗަށް ވައްޓައިލުމުން އެ ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓުތަކެއް ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ ތިން ގުރާމެވެ.
މި މައްސަލައާ ގުޅިގެން އަޙްމަދު ވަސްމީ (26އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވެއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް