އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ށ. އަތޮޅު ކައުންސިލް ގުޅިގެން ށ. އަތޮޅުގެ ރަށްތަކުގައި ކުރިއަށް ގެންދިޔަ ދީނީ ޙަރަކާތްތަކަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
މި ޕްރޮގުރާމުތައް ކުރިއަށް ގެންގޮސްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވާއިޡް އައްޝައިޚް އާޒިމް ޚާލިދުއެވެ. ދީނީ ހަރަކާތްތައް ކުރިއަށް ގެންދެވުމަށް އައްޝައިޚް އާޒިމް ޚާލިދު ވަޑައިގެންނެވި ރަށްތަކުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މި ދަތުރުގައި ޝައިޚް އާޒިމް ވަނީ ށ. މާއުނގޫދޫ، ކޮމަންޑޫ، ފޭދޫ، ނޫމަރާ، ކަނޑިތީމު، ފޯކައިދޫ، ފީވައް، ނަރުދޫ، މިލަންދޫ، ޅައިމަގު އަދި ށ. ފުނަދޫގައި ދަރުސް ދެއްވާފައެވެ. މީގެ ތެރެއިން ބައެއް ރަށްތަކުގައި ބޮޑު ދަރުސް ބައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.
ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ސައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި އަތޮޅު އަދި ރަށްރަށުގެ ކައުންސިލްތައް ގުޅިގެން ދަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް