އިމިގްރޭޝަނަށް ހާޒިރުކުރަން ކޮލޮމްބިއާ މީހަކު ހޯދަން އިމިގްރޭޝަނަށް އިޢުލާނުކޮށްފިއެވެ.
މިކަން ހާމަކޮށް އިމިގްރޭޝަނުން މިއަދު ނެރުނު ނޯޓިސްގައިވާ ގޮތުން އެ މުއައްސަސާއަށް ހާޒިރުކުރުމަށް ބޭނުންވަނީ ކޮލޮމްބިއާގެ ރައްޔިތެއް ކަމަށްވާ ލޯރާ މާސެޑީސް ގުއޭރާ އެސްކުދޭރޯ (35 އ) އެވެ. ނަމަވެސް އޭނާ ހޯދަމުންދަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އެ މުއައްސަސާއިން ހާމައެއް ނުކުރެއެވެ.
އިމިގްރޭޝަނުން ވަނީ ފަސް ދުވަހުގެ ތެރޭގައި މ. ސްޓާ ކްލައުޑްގައި ހުންނަ އެ އިދާރާގެ ރިސްކް އިންޓެލިޖަންސް ސެކްޝަނަށް ހާޒިރުވުމަށް އޭނާއަށް އަންގައިފައެވެ.
⚠️ Notice to Appear pic.twitter.com/fS1B0hA8rv
— Maldives Immigration (@ImmigrationMV) July 1, 2025
އަދި އެމީހާ ހުރިތަނަކާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ، އިމިގްރޭޝަންގެ ނަންބަރު 9199017 އަށް ފޯނުން ގުޅައި ނުވަތަ [email protected] އަށް އީމެއިލްކުރުމަށް އެ މުއައްސަސާއިން ވަނީ އެދިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް