ހިޔާވެހި ފައިނޭންސިން ޕްރޮގްރާމްގެ ދަށުން ހުށަހެޅިފައިވާ ދެ ސްކީމްގެ ތަފްސީލުތައް ހާމަކޮށްފިއެވެ.
ގެދޮރުވެރިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެ ޕްރޮގްރާމްގެ ދަށުން ތަޢާރަފްކޮށްފައިވަނީ "ފަހިމާލެ ސްކީމް" އާއި "ސަހަރު ސްކީމް" އެވެ.
ފަހިމާލެ ސްކީމް
އެގޮތުން ފަހިމާލެ ސްކީމަކީ ގިނަވެގެން -/6,000,000 (ހަ މިލިއަން) ރުފިޔާ ދޫކުރެވޭނެއެވެ. ނަމަވެސް، ކުދި ބިންކޮޅުތައް (600 އަކަފޫޓަށްވުރެ ކުޑަ) އެއްކޮށްގެން ބިން ތަރައްޤީކުރުމަށް ހުށަހަޅާ ފަރާތްތަކަށް އިސްކަންދީ، އެ ފަރާތްތަކަށް ގިނަވެގެން 10 (ދިހަ މިލިއަން) ރުފިޔާއާ ހަމައަށް ލޯނު ދެވޭ ސްކީމެކެވެ.
މި ސްކީމުގެ ދަށުން ފެސިލިޓީ އަނބުރާ ދެއްކުމަށް ހުށަހެޅޭ އެންމެ ދިގު މުއްދަތަކީ 25 އަހަރެވެ. މި މުއްދަތު ކަނޑައަޅާނީ، ފެސިލިޓީއަށް އެދި ހުށަހަޅާ ފަރާތުގެ އުމުރަށް ބެލުމަށްފަހު، ފެސިލިޓީ ދޫކުރާ ބޭންކަކުންނެވެ. އަދި މި ސްކީމުގައި ގްރޭސް ޕީރިއަޑްގެ ގޮތުގައި ގިނަވެގެން 18 މަސްދުވަސް ދެވޭނެއެވެ. ފެސިލިޓީ އަނބުރާ ދެއްކުމަށް ކަނޑައެޅޭ މުއްދަތު ގުނާނީ މި ގްރޭސް ޕީރިއަށް ނުހިމަނަ އެވެ.
މީގެ އިތުރުން، އިކުއިޓީ ކޮންޓްރިބިއުޝަންގެ ގޮތުގައި ފެސިލިޓީއަށް ހުށަހަޅާ ފަރާތުން 5 އިންސައްތަ އާއި 10 އިންސައްތައާ ދެމެދުގެ އިކުއިޓީ ކޮންޓްރިބިއުޝަން ދައްކަންޖެހޭއިރު ރަހުނުގެ ގޮތުގައި ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހުނު ކުރަންޖެހޭނެ އެވެ. އަދި ބާކީ ފައިސާ ޕްރޮގްރެސިވް ޕޭމަންޓް އުސޫލުން، މަސައްކަތް ކުރިއަށްދާ މިންވަރަކުން ދޫކުރެވޭނެ އެވެ.
ސަހަރު ސްކީމް
މި ސްކީމް ހާއްސަކޮށްފައިވަނީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ހައްލު ހޯދައިދިނުމަށެވެ. މި ސްކީމްގެ ދަށުން ގިނަވެގެން ދޫކުރެވޭނީ -/3,000,000 (ތިން މިލިއަން) ރުފިޔާއެވެ. އަދި ފެސިލިޓީ އަނބުރާ ދެއްކުމަށް ހުށަހެޅޭ އެންމެ ދިގު މުއްދަތަކީ 25 އަހަރެވެ. މި މުއްދަތު ކަނޑައަޅާނީ، ފެސިލިޓީއަށް އެދި ހުށަހަޅާ ފަރާތުގެ އުމުރަށް ބެލުމަށްފަހު، ފެސިލިޓީ ދޫކުރާ ބޭންކަކުންނެވެ.
އަދި ގްރޭސް ޕީރިއަޑްގެ ގޮތުގައި ގިނަވެގެން 18 މަސްދުވަސް ދެވޭނެއެވެ. ފެސިލިޓީ އަނބުރާ ދެއްކުމަށް ކަނޑައެޅޭ މުއްދަތު ގުނާނީ މި ގްރޭސް ޕީރިއަށް ނުހިމަނަ އެވެ. މީގެ އިތުރުން، އިކުއިޓީ ކޮންޓްރިބިއުޝަންގެ ގޮތުގައި ފެސިލިޓީއަށް ހުށަހަޅާ ފަރާތުން 5 އިންސައްތަ އާއި 10 އިންސައްތައާ ދެމެދުގެ އިކުއިޓީ ކޮންޓްރިބިއުޝަން ދައްކަންޖެހޭނެއިރު ރަހުނުގެ ގޮތުގައި ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހުނު ކުރަންޖެހޭނެ އެވެ.
ހަމައެއާއެކު އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ގިނަވެގެން 15 އިންސައްތަ ދޫކުރެވޭނެ އިރު، ބާކީ ފައިސާ ޕްރޮގްރެސިވް ޕޭމަންޓް އުސޫލުން، މަސައްކަތް ކުރިއަށްދާ މިންވަރަކުން ދޫކުރެވޭނެ އެވެ.
މިހާތަނަށް ރަށްވެހި ފައިނޭންސިން ސްކީމަށް 1329 އެޕްލިކޭޝަން ލިބިފައިވެއެވެ. އަދި ސަހަރު ފައިނޭންސިން ސްކީމަށް 586 އެޕްލިކޭޝަން އަދި ފަހިމާލެ ސްކީމަށް 314 އެޕްލިކޭޝަން ލިބިފައިވާކަމށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިއީ އިސްލާމިކް ފައިނޭންސިންގެ ތެރެއިން ދޫކުރާ ފައިނޭންޝަލް ފެލިސިޓީއެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް