މި އަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓުން އިންތިޒާމުކޮށްގެން، ލ.ގަމު އަތިރިމަތި ސާފުކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެއެވެ.
އެގޮތުން އިއްޔެ ކުރިއަށްދިޔަ މި ހަރަކާތުގައި، އެ ރަށު އަތިރިމަތި ސާފުކުރުމުގެ އިތުރުން، ހަރަކާތުގައި ބައިވެރިވި މުއައްސަސާތަކުގެ މެދުގައި އެކިކަހަލަ އުކާލެވޭ ކުނި ބޭނުންކޮށްގެން، ބޭނުންކުރެވޭ ތަފާތު ތަކެތި ހެދުމުގެ މުބާރާތެއް ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
މި ބައިން އެއްވަނަ ހޯދާފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުންނެވެ.
މި އަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާ އޮތީ ރޭ ލ. ގަމުގައެވެ.
ތިމާވެށީގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓް ތޯރިޤް އިބްރާހީމް އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވަނީ އިުރު އަތޮޅުތަކުގައި ބަައޯސްފިއަރ ރިޒާވް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި ޅ އަތޮޅާއި ލ އަތޮޅު ހިމެނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް