އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން 3 ދުވަހުގެ "ޖެންޑަރ ސެންސިޓައިޒޭޝަން އަދި މެއިންސްޓްރީމިންގ ޓްރެއިނިންގ އޮފް ޓްރެއިނަރސް (ޓީއޯޓީ)" ޕްރޮގްރާމެއް ފަށައިފިއެވެ.
މި މަހުގެ 22 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ މައިގަނޑު މަޤުސަދަކީ އެހެން ފަރާތްތަކާއި މުއައްސަސާތަކަށް ކުރިއަށް ގެންދެވޭނެ ތަމްރީނު ލިބިފައިވާ ފެސިލިޓޭޓަރުންގެ މައި ގްރޫޕެއް އެ ވުޒާރާގައި އުފެއްދުންކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުުޒާރާއިންވަނީ ބުނެފައެވެ. މި ޓީއޯޓީގެ ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ މިދާއިރާގައި ފުންނާބުއުސް ދެބޭފުޅުން ކަމުގައިވާ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)ގެ ސީއީއޯ އާމިނަތު ޝިރާނީ ނައީމް އަދި ހޯޕް ފޯ ވިމަންގެ ޗެއާޕަރސަން އަޙްމަދު އަންވަރު އެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން 3 ދުވަހުގެ "ޖެންޑަރ ސެންސިޓައިޒޭޝަން އަދި މެއިންސްޓްރީމިންގ ޓްރެއިނިންގ އޮފް ޓްރެއިނަރސް (ޓީއޯޓީ)" ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤުސަދަކީ އެހެން ފަރާތްތަކާއި… pic.twitter.com/Zs9HCi82n4— Ministry of Social and Family Development (@MSFDmv) June 22, 2025
މި ޓީއޯޓީގެ ސަބަބުން އެންމެހާ މުވައްޒަފުންނަށް "ޖެންޑަރ ރެސްޕޮންސިވް ބިހޭވިއަރތަކާއި"، މިންތީގެ ހަމަހަމަކަމާ ގުޅުންހުރި މަފްހޫމްތަކާއި މަސައްކަތްތައް ދެނެގަނެ، މިންތީގެ ހަމަހަމަކަމަށް މަސައްކަތްކުރާ ފަރާތްތަކުގެ ނެޓްވޯޯކެއް އުފެއްދި، އެންމެހާ މުވައްޒަފުންގެ މެދުގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް އެއް ގޮތަކަށް އަދި އެއް ބަހުުރުވައަކުން މަސައްކަތްކޮށް ކުރިމަގުގައި ޓްރެއިނިންތައް ހިންގުމަށް މަގުފަހިވެގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް