ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފަހަގަކުރުމަށް ކުޑަކުދިންނަށް ހާއްސަކޮށްގެން ޑިސްކަވާ ޑައިވް ހަރަކާތް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތް ކުރިއަށް ގެންދިޔައީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މިއަދު ކުރިއަށްގެންދިޔަ މޫދު ފެސްޓުގެ ތެރެއިންނެވެ.
ޑިސްކަވާ ޑައިވް ހަރަކާތުގައި 40 ކުޑަކުދިން ވަނީ ބައިވެރިވެފައެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި ވުޒާރާއިން ކުރިއަށްގެންދާ "މޫދު ފެސްޓް 2025" ގައި ހިމެނޭ ކުޑަ ކުދިންނަށް އަމާޒުކޮށް ކަނޑުގެ ރީތިކަން ތަޖުރިބާ ކުރުމުގެ ފުރުޞަތުދިނުމުގެގޮތުން ކުރިއަށްގެންދެވުނު "ޑިސްކަވަރ ޑައިވް" އިވެންޓްގެ ތެރެއިން.@OceanWarriorsMV… pic.twitter.com/Di3z1nWscG
— Ministry of Fisheries and Ocean Resources (@MFORmv) June 21, 2025
މި ހަރަކާތަކީ ކުޑަކުދިންނަށް ކަނޑުގެ ރީތިކަން ދައްކާލުމާއި ކަނޑުގެ ދިރުންތަކުގެ މައުލޫމާތު ދިނުމަށް ހިންގާ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނާއި ކުޑަކުދިންނަށް ކަނޑާއި، ކަނޑުގެ ވެށި ހިމާޔަތްކުރުމަށް ބާރުއެޅުމެވެ. މި އިވެންޓްގެ ހުރިހާ ބައިވެރިންނަށާއި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ވަނީ ހަނދާނީ ސެޓްފިކެޓް ދީފަ އެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ހާއްސަކޮށް ކަނޑާއި ކަނޑުގެ ދިރުންތަކާ ގުޭ މައުލޫމާތު ދިނުމަށް ހާއްސަ ސްޓޮލްތަކެއް ވަނީ ބަހައްޓާފަ އެވެ. އަދި ކުޑަކުދިންނަށް ހާއްސަކޮށް މޫދުގެ ކުޅިވަރުތައް ވަނީ ކުރިއަށްގެންގޮސްފަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް