ދުނިޔޭގެ ކަނޑުތަކުގެ ދުވަސްފާހަގަ ކުރުމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ ކުއިޒް މުބާރާތުގެ ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް މިއަދު އިނާމު ދީފި އެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އޯޝަން ކުއިޒް މުބާރާތް ކުރިއަށް ގެންދިޔައީ މި މަހު 8 އިން 17 ގެ ނިޔަލަށެވެ. އޯޝަން ކުއިޒް މުބާރާތުގެ ވަނަ ވަނަ އަށް ދިޔަ ފަރާތްތަކާށް އިނާމުދީފައި ވަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މިއަދު ހުޅުމާލެ ބީޗްގައި ކުރިއަށް ގެންދިޔަ މޫދު ފެސްޓުގެ ތެރެއިންނެވެ.
މިނިސްޓްރީގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖްތަކުގައި ކުރިއަށް ގެންދިޔަ މި ކުއިޒް މުބާރާތުގައި ކޮންމެ ދުވަހަކު ވެސް ކަނޑުގެ ޢިލްމާއި ގުޅުންހުރި މަލްޓިޕަލް ޗޮއިސް ސުވާލުތަކެއް (ޖުމްލަ 20 ސުވާލު) ވަނީ ހިމަނާފަ އެވެ.
ބައިވެރިންގެ ތެރެއިން އެންމެ ގިނަ ޞައްޙަ ޖަވާބު ދިމާކުރާ ފަރާތަކަށް ފައިސާގެ އިނާމު ލިބޭނެއެވެ. 1 ވަނަ އަށް ދާ ފަރާތަކަށް، 1،000ރުފިޔާ އަދި 2 ވަނަ އަށް ދާ ފަރަތަކަށް 750 އަދި ތިން ވަނަ އަށް ދާފަރާތަކަށް 500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ކުއިޒް މުބާރާތުން 3 ވަނަ އަށް ދިޔައީ ނަޒީރާ އިބްރާހީމް. ބަނަފްސާގެ/ރ. ކަނދޮޅުދޫ
2 ވަނަ އަށް ގޮސްފައި ވަނީ މަރިޔަމް ޝަހީމާ އިބްރާހީމް، ރަތްގާގެ/ޅ. ނައިފަރު
1 ވަނަ އަށް ގޮސްފައި ވަނީ މަރިޔަމް ސުހާ މުހައްމަދު، ދީނާރު/ޅ.ހިންނަވަރު
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި ވުޒާރާއިން ކުރިއަށްގެންދިޔަ "އޯޝަން ކުއިޒް 2025" ސުވާލު މުބާރާތުން 3 ވަނަ ހާސިލްކުރެއްވި ނަޛީރާ އިބްރާހީމާއި އިނާމް ހަވާލް ކުރުން. pic.twitter.com/IqGaG1ORsp
— Ministry of Fisheries and Ocean Resources (@MFORmv) June 21, 2025
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި ވުޒާރާއިން ކުރިއަށްގެންދިޔަ "އޯޝަން ކުއިޒް 2025" ސުވާލު މުބާރާތުން 2 ވަނަ ހާސިލްކުރެއްވި މަރްޔަމް ޝަހީމާ އިބްރާހީމާއި އިނާމް ހަވާލް ކުރުން. pic.twitter.com/SiUxOLQrMu
— Ministry of Fisheries and Ocean Resources (@MFORmv) June 21, 2025
މި މުބާރަތުގެ ވަނަ ވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމު ދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވަފައި ހުންނަވާ ސަފީރު އަދި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރާއި ދެބޭފުޅުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް