ހުޅުމާލޭ އިންޖީނުގޭ ފިއުލް ސްޓޯރޭޖް ޓޭންކްތައް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީން) ބުނެފިއެވެ.
މިކަން ހާމަކޮށް އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެއަކީ ގްރޭޓަރ މާލޭ ސަރަހައްދުގައި ޢުމްރާނީ އަދި އިޤުތިޞާދީ ގޮތުން އެންމެ ކުރިއަރަމުން އަންނަ އެއް ސަރަހައްދުކަމަށާއި މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަރަންޓުގެ ކިދުމަތް ފޯރުކޮށްދިނުމުގައި ސްޓެލްކޯއަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ލިބި ޚިދުމަތް ދިނުމުގައި އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށް ދެކޭ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ޓޭންކްތަކުގައި އިތުރު ފަށަލައެއް ލުމުގެ ގޮތުން ކޮންކްރީޓް ޖެހުމުގެ މަސައްކަތާއި، ދެ ފިއުލް ޓޭންކް ހަރުކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތް ހިމެނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް