ގުރުއާން ކިޔަވައި ދިނުމާއި އިލްމީ ކަންކަމަށް ބޭނުންކުރެވޭ ކްލާސްރޫމްތައް ވެސް ހިމެނޭހެން ވިލިމާލޭގައި މިސްކިތެއް ޤާއިމުކުރުމަށް ނިންމާއިވާކަމަށް އިސްލާމީކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ޝަހީމް މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ވިލިމާލޭގައި މިވަގުތު ހުރި އެންމެ ޒަމާންވީ މިސްކިތް ކަމަށްވާ މަސްޖިދުއްސަލާމް ހުރި ތަނުގައި ބޮޑު މިސްކިތެއް އަޅަން ނިންމާފައިވާ ކަމަށާއި، އެ މިސްކިތް ބިނާކުރަން ހެޔޮ އެދޭ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެހެންކަމުން، ދެ އަހަރު ތެރޭ ނިންމާ ގޮތަށް އެ މަސައްކަތް ހަވާލުކުރާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
އެ މިސްކިތް އަޅަން ގުރުއާން ކިޔަވައި ދިނުމާއި އިލްމީ ކަންކަމަށް ބޭނުންކުރެވޭ ކްލާސްރޫމްތައް ވެސް ހިމެނޭހެން ކަމުގައި އިސްލާމިކް ވަޒީރު ވިދާޅުވިއެވެ. އައު މިސްކިތެއް އެތަނުގައި އަޅަން ނިންމާފައިވީނަމަވެސް، އެކަމަށް ދާނީ ކިހާ ހަރަދެއްކަމެއް ވަޒީރު ޝަހީމް އަދި ހާމަކުރައްވާފައެއް ނުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް