ކައުންސިލަރުންނަށް އަމާޒުކޮށްގެން ޚަތީބުކަމުގެ ކޯހެއް ފެށުމަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ހަމަޖައްސައިފިއެވެ.
ކައުންސިލަރުންނަށް އަމާޒުކޮށްގެން ބާއްވަން ހަމަޖެއްސި ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ކައުންސިލަރަކަށްވުން އަދި ފިރިހެނަކަށްވުން ހިމެނެ އެވެ.
ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ނެރުނު އިޢުލާނުގައި ބުނެފައިވާގޮތުންނަމަ، ކޯސް ކުރިއަށްދާނީ 15 ހަފްތާގެ މުއްދަތަށެވެ. އަދި ކިޔެވުން އޮންލައިންކޮށް ކުރިއަށްދާާއިރު ކިޔެވުން އޮންނާނީ ހަފްތާއަކު 5 ދުވަހު (ހަފްތާ ބަންދު ނޫން ހުރިހާ ދުވަހެއް) ހިމެނޭގޮތަށެވެ.
އަދި ކޯހުގެ ގަޑި އަކީ 20:30 – 22:30 ކަމަށާއި އެ ކޯހުގައި 50 ޖާގަ ލިބެން ހުންނާނެކަމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.
ކޯހަށް ހޮވުމުގައި ބަލާ މިންގަޑުގެ ތެރޭގައި ކީރިތި ގުރްއާން ފަރިތަކަމާއެކު ކިޔަން އެނގުމާއި، ދިވެހިބަހާއި އަރަބިބަހުގެ ކިޔުމުގެ ފަރިތަކަން ހިމެނެ އެވެ.
އެހެންކަމުން މި ކޯހަށް ޝައުގުވެރިވާ ފަރާތްތަކުން އެބޭފުޅެއްގެ ސީވީ، އައިޑީ ކާޑުގެ ކޮޕީ އަދި އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓްފިކެޓްގެ އިތުރުން ވަޒީފާ އަދާކުރަމުންދާ ކަމުގެ ލިޔުން، ޖޫން 25 ގެ 13:00 ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ފޮނުވުމަށް އެ މަރުކަޒުން އެދިފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް