ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ.
އެކަމަނާ އެސެންޓަރަށް ޒިޔާރަތް ކުރެއްވީ ހދ. އަދި ހއ. ގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ޒިޔާރަތުގައި ވަޒީރު ވަނީ އެގްރިކަލްޗަރ ސެންޓަރގައި ދަނޑުވެރިކަމުގެ އެކި މަޝްރޫއުގެތެރެއިން ހައްދާފައިވާ ގަސްތައް ބައްލަވާލައްވަވާ، އެ މަޝްރޫޢުތަކާއި ބެހޭ މަޢުލޫމާތުތައް އޮޅުންފިލުވާފައެވެ.
މީގެ އިތުރުން މި ޒިޔާރަތުގައި ވަޒީރުވަނީ އެ ސެންޓަރުގެ މުވައްޒަފުންނާއިއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.
އަދި އެކަމަނާ ވަނީ ރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހދ. ހަނިމާދޫ ކައުންސިލަށް ބަނބުކެޔޮ ގަސް ހަދިޔާކޮށްފިއެވެ. ކާނާގެ ޔަޤީންކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހދ. ހަނިމާދޫ ގައި ބަނބުކެޔޮ ގަސް ހެއްދުމަށްޓަކައި އެރަށުކައުންސިލަށް ވަނީ 50 ގަސް ވަނީ ހަދިޔާކޮށްފައެވެ.
ރާއްޖޭގައި ކާނާގެ ޔަގީންކަން (ފުޑް ސެކިޔުރިޓީ) އިތުރުކުރުމަކީ ރާއީސުލްޖުމްހޫރިއްޔާ ގެ ވަޢުދުފުޅެކެވެ. އެހެންކަމުން މި ވުޒާރާއިން އަންނަނީ ރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރުކުރުމަށް ކުރެވެންހުރި މަސައްކަތްތައް ރަށްރަށުގެ ކައުންސިލްތަކާއި، ކަމާއިގުޅުންހުރި އެހެނިހެން އިދާރާތަކާއި ގުޅިގެން ކުރަމުންނެވެ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް