2025 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުން ޖޫން 21 ވަނަ ދުވަހުގެ ނިޔަލަށް އިސްރަށްވެހިންގެ ނާދީއިން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ކަލަންޑަރު އާންމުކޮށްފިއެވެ.
މިގޮތުން 15 ޖޫން ވާ އާދިއްތަ ދުވަހުގެ 11:00 އިން 12:30 އަށް އިސްރަށްވެހިންނަށް ޤުރުއާން ކްލާސް ކުރިއަށްދާނެއެވެ. ހަމައެއާއެކު، އިސްރަށްވެހިންނަށް ޚާއްސަ "ވޯކް ވޯކް" ކަސްރަތު ޕްރޮގްރާމް އަދި ދުޅަހެޔޮ ކަސްރަތު ޕްރޮގްރާމް އެދުވަހުގެ 16:00 އިން 17:00 އަށް، އަދި ލުއި ކަސްރަތު ކްލާސް 17:00 އިން 18:00 އަށް ކުރިއަށް ގެންދެވޭނެއެވެ.
16 ޖޫން ވާ ހޯމަ ދުވަހުގެ 15:30 އިން 16:30 އަށް އިސްރަށްވެހިންނަށް ޤުރުއާން ކްލާސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި އެދުވަހުގެ 16:00 އިން 17:30 އަށް އަސްރަށްވެހިންގެ ނާދީގައި ގަސްއިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.
17 ޖޫން ވާ އަންގާރަ ދުވަހުގެ 11:30 އިން 12:30 އަށް ވެސް އިސްރަށްވެހިންނަށް ޤުރުއާން ކްލާސް ކުރިއަށްދާނެއެވެ. އަދި 14:00 އިން 15:30 އަށް ހޭންޑިކްރާފްޓް ކްލާހާއި، 16:00 އިން 17:00 އަށް ދުޅަހެޔޮ ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންދެވޭނެއެވެ.
އެއަށްފަހު، ހަފްތާގެ ބުދަ ދުވަހު 11:00 އިން 12:00 އަށް ޤުރުއާން ކްލާސް، އަދި 15:30 އިން 16:17 އަށް ވެސް ޤުރުއާން ކުލާސް ކުރިއަށްދާނެއެވެ. ހަމައެހެންމެ، އެދުވަހުގެ ހަވީރު 16:00 އިން 16:15 އަށް ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި 17:30 އިން 18:00 އަށް ހަފްތާ ސައި ކުރިއަށް އޮންނާނެއެވެ.
މީގެއިތުރުން، ބުރާސްފަތި ދުވަހުގެ 16:00 އިން 17:30 އަށް، އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ދީނީ ދަރުހެއް އިސްރަށްވެހިންގެ ނާދީގައި ކުރިއަށްދާނެއެވެ. އަދި ހަފްތާގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން 17:30 އަށް ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ. އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުއްވުމަށް އިސްރަށްވެހިންގެ ނާދީން ވަނީ އެދިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް