2025 ވަނަ އަހަރުގެ ރަމަޟާން މަހާއި ގުޅިގެން އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ކުރިއަށް ގެންދިޔަ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ 100،000 ރުފިޔާގެ އިނާމުގެ ނަސީބުވެރިފަރާތް ހޮވައިފި އެވެ.
އެގޮތުން ނިމިދިޔަ ބުރާސްފަތި ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަ މާޓުގައި ބޭޭއްވި ހަފްލާއެއްގައި އެ ނަސީބުވެރި ފަރާތް ހޮވާފައިވާއިރު މި އިނާމަކީ ރަމަޟާން ބާޒާރު ޕްރޮމޯޝަން މުއްދަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އަތޮޅު ތެރޭގެ އެސްޓީއޯ ފިހާރަތަކުން 500 ރުފިޔާއިން މަތިން ވިޔަފާރި ކުރި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތަކުން ހޮވުނު ނަސީބުވެރި ފަރާތަށް ދެވުނު 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
މި އަހަރުގެ ޖެނުއަރީ 9 ވަނަ ދުވަހުން މާޗް 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި ޕްރޮމޯޝަންގައި މިނޫންވެސް ތަފާތު ގިނަ އިނާމު ތަކަކާއި ޑިސްކައުންޓްތަކެއް ގައި ކަސްޓަމަރުން ވިޔަފާރި ކުރުމުގެ ފުރުސަތު ލިބިގެން ދިޔަ އެވެ. އެގޮތުން ކޮންމެ ހަފްތާއަކު ވިޔަފާރި ކުރި ފަރާތްތަކުގެ މެދުގައި ހޮވުނު ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުން ގިޕްޓް ހެމްޕާތައްވެސް އެއް ވަނީ ދެވިފަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް