މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ވެލްނަސް އެކްސްޕޯ ފަށައިފިއެވެ.
މަތީތަޢުލީމާއި ތަމްރީނު އަދި ވެލްނަސްދާއިރާގެ 200 އަށްވުރެ ގިނަ ފުރުސަތާއެކު މި އެކްސްޕޯ ހުޅުވައި ދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދުއެވެ.
Minister Dr. Ali Haidar Ahmed inaugurates the Maldives International Education & Wellness Expo 2025, marking the official opening of the prestigious event aimed at promoting global partnerships in education and wellness. pic.twitter.com/nMjZSAzALX
— Min. of Higher Edu, Labour and Skills Development (@MoHEmv) June 13, 2025
މިއެކްސްޕޯގައި މަތީތަޢުލީމު ފޯރުކޮށްދޭ ރާއްޖޭގެ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ އޮސްޓްރޭލިއާ، ޔޫކޭ، މެލޭޝިއާ، ސްރީލަންކާ، އިންޑިއާ އަދި ފިލިޕިންސްގެ ފާހަގަކޮށްލެވޭ ޔުނިވަރސިޓީތަކާއި މަތީތަޢުލީމު ފޯރުކޮށްދޭ ބައެއް ފަރާތްތަކުން ބައިވެރިވެއެވެ.
މިމަހުގެ 15ވަނަ ދުވަހުގެ ނިއަލަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށްދާ މިއެކްސްޕޯ ހުޅުވިފައި ހުންނާނީ ހަވީރު 3:00 އިން ރޭގަނޑު 10:00ޖެހުމާއި ހަމައަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް