ކ. ތުލުސްދޫގައި ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ތައްޔާރުވެއްޖެއެވެ.
މިކަން ހާމަކޮށް އެމްޓީސީސީން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫއުތައް ވަނީ ނުފެށި ނުވަތަ ހުއްޓިފައިވާކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުނ،ް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއ،ި ހާއްސަ
އިރުޝާދުފުޅުގެ ދަށުން މިފަދަ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ނިންމަން އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައިކަމަށެވެ.
މިގޮތުން، މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު 1680 މީހުންގެ އާބާދީއެއް ދިރިއުޅޭ ތުލުސްދޫ ރައްޔިތުންނަށް ރަށުގައި ތިބެގެން ފަސޭހަކަމާއެކު ސިއްހީ ފަރުވާ ލިބޭނެ މަގުފަހިވެގެން ދާނެކަމަށާއި މި މަޝްރޫއުގެ ދަށުން 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރެވޭއިރ،ު 1,729.12 އަކަފޫޓުގެ ހެލްތު ސެންޓަރު ބްލޮކަކާއ،ި 238.11 އަކަފޫޓުގެ ސަރވިސް ބްލޮކަކާއި 167.63 އަކަފޫޓުގެ އެކަމޮޑޭޝަން ބްލޮކެއް އިމާރާތްކުރެވޭނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
އަދި ހެލްތު ސެންޓަރު ބްލޮކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރިއާއ،ި މެޑިކަލް ވޯޑުތަކާއ،ި ޕްރައިވެޓް ރޫމްތަކާއ،ި ލެބޯޓްރީއަކާއ،ި އޮޕަރޭޝަން ތިއޭޓަރަކާއ،ި ވިއްސާ ކޮޓަރިއަކާއ،ި އެކްސްރޭ ކޮޓަރިއަކާއ،ި އަލްޓްރާ ސައުންޑް ކޮޓަރިއަކާއި އިމަޖެންސީ ޚިދުމަތްދެވޭ ޔުނިޓެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓެއްވެސް ހިމެނޭނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި މަޝްރޫއަކީ 101.71 މިލިއަން ރުފިޔާއަށް މިނިސްޓްރީ އޮފް ހެލްތުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް