ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއްގައި ފޮރުވާފައިހުރި 18 ކިލޯގެ މަސްތުވާތަކެތި ރޭ މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ
ރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައިވަނީ 18 ކިލޯގްރާމްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާކަން ހާމަކޮށް ހޯމް މިނިސްޓަރ އަލީ އިހްސާން ސޯޝަލް މިޑީއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެެތަކެތީގެ މަގުމަތީގެ އަގަކީ ގާތްގަނޑަކަށް 26 މިލިއަން ދިވެހި ރުފިޔާކަމަށެވެ.
"ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުތަކާއި އެއްގޮތަށް ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރުދަންނަވަން. މަސްތުވާތަކެތީގެ ވިޔަފާރިކުރާފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ޤާނޫނު ދަނީ އަރާހަމަކުރަމުން" މިނިސްޓަރު ވިދާޅުވިއެވެ.
ކަސްޓަމްސް @CustomsMv އިން މިރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައިވަނީ 18 ކިލޯގްރާމްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައި. މިތަކެތީގެ މަގުމަތީގެ އަގަކީ ގާތްގަނޑަކަށް 26 މިލިއަން ދިވެހި ރުފިޔާ. ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ… pic.twitter.com/TOh9QKOhms
— Minister of Homeland Security & Technology (@min_mohst) June 10, 2025
މިތަކެތި އަތުލައިގަނެފައިވާކަން ހާމަކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ، ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއްގައި ފޮރުވާފައިހުރި 18 ކިލޯގެ މަސްތުވާތަކެއްޗަކީ ކެނަބިނޮއިޑްސްކަމަށާއި އޭގެ ބަރުދަނުގައި 18.62 ކިލޯ ހުރިކަމަށެވެ.
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއްގައި ފޮރުވާފައިހުރި 18 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ އަތުލައިގަނެފައި. މިތަކެތި އަތުލެވިފައިވަނީ ކަސްޓަމްސްއިން މިރޭ ހިންގި ޚާއްސަ އޮޕަރޭޝަން އެއްގަައި.
ބާވަތް: ކެނަބިނޮއިޑްސް
ބަރުދަން: 18.62 ކިލޯ pic.twitter.com/AEzHOTDKiu— Maldives Customs Service (@CustomsMv) June 10, 2025
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް