މ.ކޮޅުފުށީގައި އަޅާ 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިމިއްޖެކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.
މި މަޝްރޫއަކީ ރަޝީދު ކާރޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން 2019 ވަނަ އަހަރު ފެށި މަސައްކަތެކެވެ.
Advertisement
އެހެން ނަމަވެސް ކޮވިޑް އާއި ގުޅިގެން އަލުން މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ކޮޅުުފުށީގައި އަޅާ ހައުސިންގް ޔުނިޓްގައި 3 ކޮޓަރިއާއި، ފާހާނާ، ސިޓިންގް ރޫމް، ދޮންނަ ތަނެއް އަދި ގުދަނެއް ހުންނާނެއެވެ.
މިއީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
މަސައްކަތުގެ އަގަކީ، ޖުމުލަ 121612127.97 ރުފިޔާއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް