ގައުމީ އެއާލައިން، މޯލްޑިވިއަންއަށް އިތުރު ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
ދެވަނަ ވައިޑް ބޮޑީ މަތިންދާ ބޯޓެއް ގެނައުމަށް ކުރި އިޢުލާނަށް ގިނަ ޕްރޮޕޯސަލްތަކެއް ލިބިފައިވާއިރު މިހާރު ވަނީ ބައެއް މަތިންދާބޯޓުތަކުގެ ޕްރޮޕޯސަލްތައް ލިބި، އެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަރުޙަލާގައެވެ.
އޮންލައިން ނޫހަކަށް މައުލޫމާތުދެއްވަމުން، އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ މި މަސައްކަތް ނިމުމާއެކު، ވަރަށް އަވަހަށް އިތުރު ބޯޓެއް ގެނައުމުގެ މަސައްކަތް ފެށިގެންދާނެކަމަށާއި އިތުރު ވައިޑް ބޮޑީ މަ ބޮޑީ މަތިންދާބޯޓެއް ގެނައުމާއެކު، މޯލްޑިވިއަންގެ ދަތުރުތައް ޔޫރަޕް އަދި ޖަރުމަންވިލާތުގެ އިތުރުން އެފްރިކާގެ މަންޒިލްތަކަށް ފެށިގެންދާނެކަމަށެވެ.
"ކުރިއަށް އޮތް އަހަރުގެ ފަހުކޮޅު ނުވަތަ އެއަށްވުރެވެސް ކުރިން ދެވަނަ އެއާކްރާފްޓެއް ގެނައުމަށް މަސައްކަތް ކުރަމުން މިދަނީ" ސަލީމް ވިދާޅުވިއެވެ.
އަދި މިއަންނަ ފަތުރުވެރިކަމުގެ މޫސުމަށް އިތުރު މަންޒިލްތަކަށް ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެކަން ކުރެވޭނެ ކަމުގެ އުންމީދު ސަލީމް ވަނީ ފާޅުކުރައްވާފައެވެ.
މޯލްޑިވިއަންއަށް ފުރަތަމަ ވައިޑް ބޮޑީ ބޯޓު ގެނެސްފައިވަނީ މިއަހަރުގެ ޖަނަވަރީ 6 ވަނަ ދުވަހުއެވެ. އެއަރބަސް އޭ330-200 މި ބޯޓަކީ 264 މީހުންގެ ޖާގައިގެ ބޯޓެކެވެ. މި ބޯޓާއެކު މޯލްޑިވިއަންއިން ވަނީ ޗައިނާގެ ތިން ސިޓީއަކަށް ދަތުރުތައް ފަށާފައެވެ. އެއީ ބެއިޖިންގ، ޝަންހާއި އަދި ޗެންގްޑޫއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް