އަންނަން އޮތް ޖީލުތަކަށް މި ރީތި ދިވެހިރާއްޖެ އޭގެ ޠަބީޢީ ސިފައިގައި ފެންނާނޭހެން ބެލެހެއްޓުމަކީ އަޅުގަނޑުމެންގެ އަމާނާތެއްކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މިހެން ބުނެފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
މިއަދު އަޅުގަނޑުމެންގެ ނާޒުކު ޤުދުރަތީ ވެށި ވަނީ ނުރައްކަލުގެ ތެރެއަށް ވެއްޓިފައެވެ. މިކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ ޕްލާސްޓިކް.
އަޅުގަނޑުމެންގެ ރަށްފުށުގެ ދިރިއުޅުމާއި، މުރަކަތަކުގެ ރީތިކަމާއި، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާއެކެވެ. އަންނަން… pic.twitter.com/73Dtp36DmD
— Ministry of Tourism and Environment (@MoTmv) June 5, 2025
އެގޮތުން، ދިވެހީންގެ މި ނާޒުކު ޤުދުރަތީ ވެށި ވަނީ ނުރައްކަލުގެ ތެރެއަށް ވެއްޓިފައިކަމަށާއި މިކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ ޕްލާސްޓިކްކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
އަދި އަޅުގަނޑުމެންގެ ރަށްފުށުގެ ދިރިއުޅުމާއި، މުރަކަތަކުގެ ރީތިކަމާއި، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާއެއްކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 5 ވަނަ ދުވަހަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް