ދ. ކުޑަހުވަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މިކަން ހާމަކޮށް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މީގެކުރިނ،ް 26 މެއި 2025 ވަނަ ދުވަހު ބަނދަރުގެ މަސައްކަތައް ބޭނުންވާ ކޮންކްރިޓް ބްލޮކު ވަނީ ކުޑަހުވަދޫ ސައިޓަށް ގެންގޮސްފައިވާކަމަށާއި އަދި މިހާރު މަޝްރޫޢުގެ އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުން ކުރިއަށްދަނީ އެއްގަމު ތޮށީގެ މަސައްކަތްކަމަށެވެ.
އަދި ހަތަރުހާހާ ގާތްކުރާ އާބާދީއެއް ދިރިއުޅޭ ކުޑަހުވަދޫއަކީ ދ. އަތޮޅު ވެރިކަން ކުރާ ރަށަށްވެފައި ކުޑަހުވަދޫ ރައްޔިތުން އާންމުކޮށް މަސައްކަތް ކުރަނީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައިކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަތޮޅުގެ އެހެން ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންވެސް
އިދާރ،ީ ޞިއްހީ އަދި ވިޔާފާރި ފަދަ އެކި ޒަރޫރީ ބޭނުންތަކަށް މި ރަށަށް ޒިޔާރަތްކުރާކަމަށާއި އެގޮތުނ،ް ރަށުގައި ދިރިއުޅޭ ފަރާތްތަކާއި ޒިޔާރާތްކުރާ ފަރާތްތަކަށްވެސް ދިމާވާ އެންމެ ބޮޑު ދައްޗަކީ ބަނދަރުން ޖާގަ ހޯދުމުގެ ދަތިކަންކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
ކުޑަހުވަދޫ ބަނދަރުގެ ޖާގަ ކުޑަވުމުގެ ސަބަބުނ،ް ކަންނެލި އޮޑިތަކާއ،ި މީހުންނާއި މުދާ އުފުލާ ބޯޓުތަކާއ،ި ލޯންޗުތަކާއި އަދި ޑިންގީތައް
ބަނދަރުގައި އަޅާފައި ބޭއްވުމުން ބަނދަރު އޮންނަނީ ވަރަށް ބޮޑަށް ބާރުބޮޑުވެ ތޮއްޖެހިފައިވީނަމަވެސ،ް މިއަދު އަމަލީ މަސައްކަތް ފެށިގެން މިދާ ކުޑަހުވަދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ނިމުމާއެކު، ދަތުރުފަތުރާއި އަދި އިޤްތިސޯދީ ގޮތުން ކުޑަހުވަދޫ ރައްޔިތުންނަށް ގިނަ ފައިދާތަކަކާއި މަންފާތަކެއް ކުރާނޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި މަޝްރޫޢުގައ،ި 103,122 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމާއ،ި 5,545 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއ،ި 180 މީޓަރުގެ ބޭރުތޮއްޓެއް ލުމާއ،ި 372 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއ،ި 115 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 70 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއ،ި 90 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއ،ި 2,265 އަކަ މީޓަރުގެ ޕޭވްމެންޓެއް ހެދުމާއ،ި ބަނދަރު ބައްތި އާއި މޫރިންގް ބޯއީސް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 83.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް