ރ. އުނގޫފާރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މިކަން ހާމަކޮށް އެ ކުންފުނިން ބުނީ، 2,500 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ އުނގޫފާރުގެ ގިނަ ބަޔަކު ވަޒީފާ އަދާ ކުރަނީ ސަރުކާރު އޮފީސްތަކާއި ކުންފުނި ތަކުގައިކަމަށާއި އަތޮޅުގެ އެހެން ރަށްތަކުގައި ދިރިއުޅޭ ގިނަ ރައްޔިތުންވެސް އިދާރ،ީ ޞިއްހީ އަދި ވިޔާފާރި ފަދަ އެކި ޒަރޫރީ ބޭނުންތަކަށް މި ރަށަށް ޒިޔާރަތްކުރާކަމަށެވެ. އެހެންކަމުން، ތާރު އަޅާފައިވާ ރީތި ޒަމާނީ މަގުތަކުގެ ސަބަބުން އުނގޫފާރު ރައްޔިތުންނާއި އަދި މިރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުކުރުމުގައި ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެއެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
އުނގޫފާރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު، ހޫނުގަދަ މޫސުމުގައި މަގުތައް ހިރަފުސްވުމުންނާއ،ި ވިއްސާރަ ދުވަސްވަރު މަގުތައް ޗަކަވެ މަގުތަކުގައި ކިސަޑު ހެދުން ނިމުމަކަށް އަންނާނެއެވެ. މިކަމުގެ ސަބަބުނ،ް މަގުގައި ހިނގާ މީހުންނަށާއި ދުއްވާ އުޅަނދުތަކަށް މަގު ބޭނުން ކުރަން އިތުރަށް ފަސޭހަވެ ދުއްވާ މަގުތަކަކީ އަޑިގުޑަން ނުހުންނަ ރައްކާތެރި މަގުތަކަކަށް ވެގެން ދާނެކަމަށް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އަދ،ި ރަށުގެ މަގުތައް ސާފުތާހިރުކޮށް ބޭއްވުމަށްވެސް މީގެ ސަބަބުން ބޮޑު ފަސޭހައެއް ވެގެންދާނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މި މަޝްރޫޢުގެ ދަށުނ،ް 8,626.55 އަކަ މީޓަރުގެ ތާރު އަޅާފައިވާ ދުއްވާ ސަރަޙައްދެއް ހެދުމާއ،ި 2,537.75 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއ،ި ސަރވިސް ލައިން ހަރުކުރުމާއ،ި މަގުމަތީ ނިޝާން ހަރުކުރުމާއ،ި މަގުމަތީ ކަފިހި ހުރަސް ކުރަހައި ކުލަލުމާއ،ި ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް