ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ، މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރާ ބައްދަލުކުރައްވައިފިއެވެ.
އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވިދާނެ ދައިރާތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އެ ގޮތުން ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް, ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.
Her Excellency Ishigami Rumiko, Ambassador of Japan to the Maldives, paid a courtesy call on the Minister, Hon. Adam Shareef Umar. During the meeting, both parties discussed areas of mutual collaboration and reaffirmed their commitment to strengthening the enduring friendship… pic.twitter.com/CNHhPgR9Px
— Ministry of Cities, Local Government, Public Works (@MoCLPmv) June 3, 2025
މި ބައްދަލުވުމުގައި ސަފީރު، ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ ދެއްކެވި ވާހަކަފުޅުގައި ޖަޕާނުން ދިވެހި ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިއްބެވިކަމުގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ޖަޕާނުން ދިވެހިރާއްޖެއާ ދޭތެރޭ ބާއްވާ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާކަން ޤަބޫލުކުރައްވާ ކަމުގައި ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް