ނ. ހޮޅުދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އިއްޔެ ބުނެފިއެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އާރުޑީސީން ބުނެފައިވަނީ މިހާރު ކުރިއަށްދަނީ އެރަށުގެ ޗާންދަނީ މަގުގައި ކާރބް ސްޓޯން ޖެހުމާއި މުޙައްމަދު ރާޝިދު ހިނގުމުގައި ބެކް ފިލިންގގެ މަސައްކަތް ކަމަށެވެ.
އާރުޑީސީއާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އޭރު ސަރުކާރުން ހާމަކުރި ގޮތުގައި މި މަޝްރޫޢަށް 71 މިލިއަން ރުފިޔާ ހޭދަކުރާނެއެވެ. އަދި މި މަޝްރޫޢުގެ ދަށުން ހޮޅުދޫގެ 3.4 ކިލޯމީޓަރުގެ މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކޮށް، ތާރު އަޅައި، އަދި މަގުބައްތި ވެސް ހަރުކުރާނެއެވެ.
މަޝްރޫޢު ފެށުމަށްފަހު ވަކި ހިސާބަކުން މަސައްކަތް ހުއްޓިފައިވީ ނަމަވެސް، މިދިޔަ ޑިސެންބަރު މަހު އާރުޑީސީން ވަނީ ހޮޅުދޫ މަގުތައް ހެދުމުގެ މަސައްކަތް އަލުން ފަށާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް