މިނިވަން 60 ގެ ލޯގޯ ފަރުމާކޮށްގެން 30،000ރ. ހޯދުމުގެ ފުރުޞަތު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި އަހަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމުގައިވާތީ މި އަހަރު ޢާންމުކޮށް ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ބޭނުންވާ ކަމަށެވެ.
އެ ވުޒާރާއިން ވަނީ ލޯގޯ ފަރުމާކުރުމުގައި ޢަމަލުކުރާނެ އުސޫލުވެސް އާންމުކޮށްފައެވެ. އަދި މި އުސޫލާ އެއްގޮތަށް ލޯގޯ ފަރުމާ ކުރުމަށްފަހު، ޖޫން 15 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.
މިގޮތުން އެންމެ ރަނގަޅު ލޯގޯއެއް ހޮވާނީ އެކަމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ޕެނަލަކުން ކަމަށްވާއިރު، 1 ވަނަ އަށް ހޮވޭ ލޯގޯއަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް