ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށް 3 މަސްދުވަހުގެ ޓްރެއިނިން ޕްރޮގްރާމެއް ހިންގަން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވަލޮޕްމަންޓުން ނިންމައިފިއެވެ.
މިކަން ހާމަކޮށް އެ މިނިސްޓްރީން ވަނީީ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައެވެ. އަދި ޝައުގުވެރިވާ ފަރާތްތަކުން އެފަރާތެއްގެ ސީ.ވީ އަދި ތަޢުލީމީ ސެޓްފިކެޓްތައް މެއިލްކުރުމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވަލޮޕްމަންޓް އަދި ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށް 3 މަސްދުވަހުގެ ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި.
ޝައުގުވެރިކަން ހުރި ފަރާތްތަކުން ސީ.ވީ… pic.twitter.com/vagEM7waLg
— Ministry of Social and Family Development (@MSFDmv) June 2, 2025
އެގޮތުން ޝައުގުވެރިވާ ފަރާތްތަކުން، 15 ޖޫން 2025 ގެ ކުރިން، [email protected] އަށް މެއިލްކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް