އދ. އަތޮޅުގައި އައިޑީކާޑް ދޫކުރަން ފަށައިފިކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން (ޑީއެންއާރ) ހާމަކޮށްފިއެވެ.
އައިޑީ ކާޑުގެ ޚިދުމަތް އދ. އަތޮޅުގައި ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށާއި މިއާއެކު ކާޑު ހައްދަން އެދޭތާ 24 ގަޑިއިރުގެ ތެރޭގައި އެ ރަށުގެ ރައްޔިތުންނަށް ކާޑު ލިބި، އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތަކީ ސަރުކާރުގެ މުހިންމު ސިޔާސަތަކަށްވާއިރު، އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.
We’re excited to announce that ID card printing services are now available at the Alifu Dhaalu Atoll Council! pic.twitter.com/FAQBKT38l7
— Department of National Registration (@dnrmaldives) June 2, 2025
އދ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ޤާއިމްކޮށްފައިވާއިރު، ޑީއެންއާރުން ވަނީ ބ. ދަރަވަންދޫ އާއި އޭދަފުށީ ކައުންސިލުން އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތްވެސް ފަށާފައެވެ.
އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މިޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ. ވިލިނގިލީގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް