މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރިމަތިވެފައިވާ ދުވަސްވަރުކަމުން މޫސުމަށް ސަމާލުވުމަށް ފުލުހުން އެދެފިއެވެ.
އަދި މޫސުމަށް ސަމާލުވުމުގެ ގޮތުން ކުރަން މުހިންމު ބައެއް ކަންކަން ފުލުހުން ވަނީ ހަނދުމަކޮށްދީފައެވެ.
އެގޮތުން، މޫސުން ގޯސްވެ ކަނޑު ގަދަވުމާ ގުޅިގެން ކަނޑުދަތުރައް ފުރުމުގެ ކުރިން ތިރީގައިވާ ކަންކަމަށް ކާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.
- މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއި މޫސުމީ ސަމާލުތަކާ އެއްގޮތަށް އަމަލުކުރުން
- އުޅަނދަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުން
- ޒަރޫރޫ ބޭނުންތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުން
- އުޅަނދުގައި ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުން
- އުޅަނދުން ދަތުރުކުރާ އެންމެންވެސް ލައިފް ޖެކެޓް އަޅައިގެން ތިބުން
- އެމަރޖެންސީ ހާލަތުގައި ގުޅާނެ ނަންބަރުތައް ފެންނާނެހެން އުޅަނދުގައި ބެހެއްޓުން
އަދި މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެކަމަށް ބަލައި ގޯތި ގެދޮރާއި މުދާ ރައްކާތެރިކުރުމަށްޓަކައި ތިރީގައިވާ ކަންކަން ކޮށް ދުރާލައި ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމަށް ފުލުހުން އެދިފައިވެއެވެ.
- ގެއަށް ފެން ނުވަންނާނެހެން ދުރާލައި ވެލިބަސްތާ ޖެހުން
- ފެންބޮޑުވެފައިވާ މަގުތަކުގައި ސައިކަލް ދުއްވާއިރު، ތިމާއާއި އަނެކާގެ ސަލާމަަށް ސަމާލުކަންދިނުން
- ވާރެވެހި ފެންބޮޑުވެފައިވާ ވަގުތުތަކުގައި ބަރު އުޅަނދާއި ހަތަރު ފުރޮޅުލީ އުޅަނދު ނުދުއްވުން
- އާންމުކޮށް ފެންބޮޑުވާ ސަރަހައްދުތައް ނޫން އެހެން ސަރަހައްދުތަކުގައި ވެހިކަލް ޕާކްކުރުމަށް ސަމާލުކަން ދިނުން
މީގެ އިތުރުން، މޫސުން ގޯސްވެ ވާރޭ ވެހޭ ވަގުތުތަކުގައި އެއްގަމު އުޅަނޑު ދުއްވާއިރު ތިރީގައިވާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.
- ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި އުޅަނދު ދުއްވުން
- ވިއްސާރާގައި އުޅަނދު ދުއްވާއިރު ހެޑްލައިޓް ދިއްލުން
- ވަޔާއެކު ހަލާކު ނުވާނެފަދަ ވިއްސާރަ ކޯޓު ބޭނުންކުރުން
- ބުރުގާ އަޅާ ފަރާތްތަކުން، ވަޔާއެކު ބުރުގާ މޫނުމައްޗަށް ނުދާނެހެން ބެހެއްޓުން
- އުޅަނދު ދުއްވާއިރު ހިނގާ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދިނުން
- ސައިކަލު ދުއްވާއިރު ކުޑަ ބޭނުން ނުކުރުން
🚨 މޫސުމަށް ސަމާލުވެލައްވާ! pic.twitter.com/6wAzSe7dxN
— Maldives Police (@PoliceMv) June 2, 2025
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް