ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ ކްލައިންޓުންނަށް ހުނަރު ދަސްކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ނެޝަނަލް ޑްރަގް އެޖެންސީ އާއި މޯލްޑިވްސް ޕޮލިޓެކްނިކްއާ ދެމެދު ވެވުނު މި އެއްބަސްވުމުގައި ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި އެންޑީއޭގެ ޗެއާޕާސަން، އަލްއުސްތާޛާ ލުބްނާ ޒާހިރު ސޮއިކުރެއްވިއިރު މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީންއެވެ.
ނެޝަނަލް ޑްރަގް އެޖެންސީގައި ކުރިއަށްގެންދިޔަ މި އެއްބަސްވުމުގެ ސަބަބުން ރީއިންޓަގްރޭޝަން މަރުހަލާގައި ކްލައިންޓުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސްކިލް ބޭސްޑް ތަމްރީނުތަކެއް ލިބިގެންދާނެ ކަމަށް އެންޑީއޭއިން ވިދާޅުވިއެވެ.
އަދި މި ޕްރޮގްރާމުގެ އަމާޒަކީ ކްލައިންޓުނަށް އައު ޓެކްނިކްތައް ދަސްކޮށްދީ، ކްލައިންޓުންގެ މުސްތަގުބަލުގައި ކުރިއެރުމަށް އަމަލީ ހުނަރުތައް ދަސްކޮށްދިނުމުގައި އެހީތެރިވެދިނުމެވެ.
On 1st June 2025, the National Drug Agency (NDA) and Maldives Polytechnic signed a Memorandum of Understanding to skill train clients at the DTRC in Himmafushi. Through this partnership, Maldives Polytechnic will provide skill-based training.... pic.twitter.com/4Dyg7WFHPh
— National Drug Agency (@NDA_MV) June 1, 2025
ނެޝަނަލް ޑްރަގް އެޖެންސީ އާއި މޯލްޑިވްސް ޕޮލިޓެކްނިކްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފަވާއިރު ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި ނޭޝަނަލް ޑްރަގް އެޖެންސީ ގުޅިގެން މަސައްކަތް ކުރުމަށް ދާދި ފަހުން ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
އެންޑީއޭގެ ޗެއަރޕާސަން ލުބުނާ ޒާހިރު ވިދާޅުވެފައިވަނީ މި އެއްބަސްވުމުގެ ސަބަބުން ޑީޖޭޖޭއިން ޚިދުމަތް ހޯދާ ފަރާތްތަކަށް އެންޑީއޭގެ ސައިކޭޓްރީ ޚިދުމަތް ލިބޭނެ ކަމަށެވެ. މިއީ ވަރަށް ބޮޑު ފަސޭހައެއް ކަމަށާއި ދެ އިދާރާ ގުޅިގެން މަސައްކަތް ކުރުމުން އަވަސް އަދި ފެންވަރު ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށްވެސް ލުބުނާ ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ސަބަބުން ޑީޖޭޖޭއިން އެހީ ހޯދަމުން އަންނަ ކުޑަކުދިންނަށް ފަރުވާ ދިނުމުގައި ގިނަ ފަސޭހަތަކެއް ވެގެންދާނެކަމަށް ވެސް ލުބުނާ ވިދާޅުވިއެވެ. އަދި އެންޑީއޭގެ ފަރާތުން ޑީޖޭޖޭއިން ބޭނުންވާ ހުރިހާ ކަމެއް އެއްބަސްވުމެއްގެ ދަށުން ތަރުތީބުވެގެން ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް