ސުޕްރީމް ކޯޓުގެ ފަނޑިޔުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސް ފޮނުއްވި ނަންތައް މި އަހަރުގެ ދެވަނަ ދައުރު ފެށުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާާގައި ހުށަހެޅުމަށް އެޖެންޑާކޮށްފިއެވެ.
އެގޮތުން އެޖެންޑާއަށް ބަލާއިރު، ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތައް ދިރާސާކުރަން ދާއިމީ ކޮމިޓީއަށް ފޮނުވުން ވަނީ އެޖެންޑާކޮށްފައެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލަފާއެރުވުމުގެ މަސްއޫލިއްޔަތެވެ. އެ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވައިގެން ރައީސުލްޖުމްހޫރިއްޔާއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް