ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާ، އިން ބާއްވާ ޔޫތު ކޭމްޕު ފަށައިފިއެވެ.
ކުޑަގިރީގައި އެެއް ދުވަހަށް ކުރިއަށް ގެންދާ މި ކޭމްޕުގައި މިފަހަރު ޖުމްލަ 65 ޒުވާނުން ވަނީ ބައިވެރިވެފައެވެ.
ތަފާތު ގިނަ ކުޅިވަރުތަކެއް ބީޗުގައި ކުޅުމަށް ރާވާފައިވާއިރު ކޭމްޕުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
Youth Camp 2025 at Kudagiri has begun. The day started with an orientation session, followed by interactive workshops on team building, leadership, self-confidence, and assertiveness. This was followed by an important health session on vape awareness. pic.twitter.com/8InZ5w6KVp
— Ministry of Youth Empowerment, Information and Art (@YouthGovMv) May 31, 2025
މިދިޔަ އަހަރު ވެސް އެ ވުޒާރާއިން ވަނީ ޔޫތު ކޭމްޕް ބާއްވާފައެވެ. އެފަހަރު ކޭމްޕު ބައްވާފައިވަނީ ފަރުކޮޅުފުށީގައެވެ. ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި ޖުމްލަ 46 ޒުވާނުން ވަނީ ބައިވެރިވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް