ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއަރމަންގެ މަޤާމަށް މ. ލާލުބާގް އަލްފާޟިލް އަޙްމަދު ޝަހީރު އައްޔާންކޮށްފިއެވެ.
އެސްޓީއޯ ގެ މެނޭޖިންގް ޑިރެކްޓަރުކަންވެސް ކުރައްވާފައިވާ ޝަހީރު އަކީ ގިނަ ދުވަސްވަންދެން އެސްޓީއޯގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ޝަހީރު އެޗްޑީސީގެ ޗެއަރމަންގެ މަޤާމަށް ޢައްޔަނުކޮށްފިކަން އިޢުލާނުކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
29 މެއި 2025 ވަނަ ދުވަހު، ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން – އެޗްޑީސީގެ ޗެއަރމަންގެ މަޤާމަށް މ. ލާލުބާގް އަލްފާޟިލް އަޙްމަދު ޝަހީރު ވަނީ އައްޔަނުކުރެވިފައެވެ.
— Privatization & Corporatization Board (@pcb_gov) May 29, 2025
ޕީސީބީން އެކްސްގައި ކުރި އިތުރު ޕޯސްޓެއްގައި ބުނީ އެޗްޑީސީގެ ޗެއާމަންގެ މަގާމަށް މ. ލާލުބާގް، ޝަހީރު އައްޔަން ކޮށްފައިވާ ކަމަށެވެ.
އެޗްޑީސީގެ ޗެއާމަންގެ މަގާމުގައި އެންމެފަހުން ހުންނެވީ އަހުމަދު ނާސިފް (ޑީޑީ) އެވެ. މިދިޔަ މާޗު މަހު އޭނާ އެ މަގާމުން ވަކިކޮށް ވަނީ ވެމްކޯގެ ޗެއާމަނަކަށް އައްޔަންކޮށްފަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް