މި އަހަރުގެ އެންމެ ރީތި އެއް ތާރީޚުކަމުގައިވާ 25-5-25 (މިއަދު) ގައި މާލޭގައި ޖުމްލަ 59 ކައިވެނި ކުރާނެ ކަމަށް ފެމިލީ ކޯޓުން އާއްމުކުރި ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
އެ ކޯޓުން ހާމަކުރި ތަފާސްހިސާބަށް ބަލާއިރު، މިއަދު ރަސްމީ ގަޑީގައި 23 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާއިރު، ނުރަސްމީ ގަޑީގައި ކޮށްދޭ 36 ކައިވެންޏާއެކު މިއަދު ޖުމުލަ 59 ކައިވެނި މާލޭގައި ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، މިއަދަކީ މި އަހަރުގެ މިހާތަނަށް އެކޯޓުގައި އެއްދުވަހާ އެންމެ ގިނަ ކާވެނި ޢަޤްދު ކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްކަމުގައިވާތީ ކޯޓަށް ވަޑައިގަންނަވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކޯޓުން ވަނީ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިކަމަށްވެސް ފެމިލީ ކޯޓުން މަޢުލޫމާތުދީފައިވެއެވެ.
މިއަދު (25 މޭ 2025) މި ކޯޓުން އަޤްދު ކޮށްދިނުމަށް ހަމަޖެހިފައިވާ ކާވެނީގެ ތަފާސްހިސާބު: pic.twitter.com/48aVCvqnFe
— Family Court of the Maldives (@FamilyCourtMv) May 25, 2025
މިއަދު (25 މޭ 2025) މިއީ މި އަހަރުގެ މިހާތަނަށް މިކޯޓުގައި އެއްދުވަހާ އެންމެ ގިނަ ކާވެނި ޢަޤްދު ކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްކަމުގައިވާތީ ކޯޓަށް ވަޑައިގަންނަވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކޯޓުން ވަނީ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. pic.twitter.com/ScXwVn1m3y
— Family Court of the Maldives (@FamilyCourtMv) May 25, 2025
ފެމިލީ ކޯޓުން ހިއްސާކުރި ފޮޓޯތަކަށް ބަލާއިރު، މިއަދު ކައިވެނި ކުރާ މީހުންނަށާއި ޢާއިލާތަކަށް އިށީނދެވޭނެހެން ކޯޓުގެ ބޭރުގައި ވަނީ ޓެންޓު ޖަހައި ގޮޑިވެސް ޖަހާފައެވެ.
މިއަދު މާލޭގައި ގިނަ ކައިވެނިތަކެއް ކުރުމަށް ހަމަޖެހިފައިވާއިރު، އަތޮޅު ތެރޭގެ ރަށްތަކުގައިވެސް ގިނަ ބަޔަކުވެސް ކައިވެނި ކުރާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، އެކަމުގެ ތަފްޞީލެއް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ. އެއާއެކު މި އަދަދު އެއަށްވުރެ މަތިވާނެކަމަށް ލަފާކުރެވެއެވެ.
ރީތި ތާރީޚްތަކުގައި ކައިވެނި ކުރުމަކީ ދިވެހިންގެ ތެރޭގައި މިހާރު އާންމުވެފައިވާ އާދައެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އަންނަ މިފަދަ ދުވަސްތަކުގައި ކުރާ ކައިވެނީގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް