ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އާޖެންޓީނާގެ ޤައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން އެ ޤައުމުގެ ރައީސަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިގޮތުން ރައީސްގެ މެސެޖުގައި ވަނީ އާޖެންޓީނާގެ ސަރުކާރަށާއި ރައްޔިތުންނަށްވެސް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފައެވެ.
Advertisement
މީގެ އިތުރުން ރައީސްގެ މެސެޖުގައި ވަނީ އާޖެންޓީނާގެ ރައީސްގެ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އާޖެންޓީނާގެ ރައްޔިތުންގެ ކުރިއެރުމާއި ތަނަވަސްކަން ދެމިއޮތުމަށްވެސް އެދިވަޑައިގެން ހެޔޮއެދުންތައް ފޮނުއްވައިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


