ހދ. ނޮޅިވަރަމްގައި އިއްޔެ ހަވީރު މޫދަށް އެރި އުޅުނު އުމުރުން 65 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ. އެގޮތުން، ނިޔާވެފައިވަނީ އެރަށު ފިލްމީސައިޑް އިބްރާހިމް އިސްމާއީލް (އިބްރާހިމްބެ) އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހިމްބެ އެންމެ ފަހުން ފެނިފައިވަނީ އިއްޔެ ހެނދުނު 11:00 ހާއިރުއެވެ. އަދި އިބްރާހިމްބެ ގެއްލިގެން އާއިލާއިން ރިޕޯޓްކޮށްފައިވަނީ އިއްޔެ ހަވީރު 17:35 ހާއިރުކަމަށް ނޮޅިވަރަމް ކައުންސިލް މެމްބަރު މުހައްމަދު މުސްތަފާ މައުލޫމާތު ދެއްވިއެވެ. އިބްރާހިމްބެ ގެއްލިގެން ރިޕޯޓް ކުރުމާއެކު ފުލުހުންނާއި ކައުންސިލް އަދި ރަށުގެ ރައްޔިތުން ގުޅިގެން ހޯދުމުގެ މަސައްކަތް ފަށާފައިވެއެވެ.
މުސްތަފާ ވިދާޅުވި ގޮތުގައި، އިބްރާހިމްބެ ގެއްލުނު ޚަބަރު ލިބި ބައިގަޑިއިރު ތެރޭގައި އޭނާ ވަނީ މޫދުން ނަގައި ސިއްޙީ މަރުކަޒަށް ގެންގޮސްފައެވެ. އިބްރާހިމްބެ ފެނުނީ މޫދަށް އެރޭ ސަރަހައްދުގެ މޫދު އަޑިންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް