ފުލުހުން ބަލަމުންދާ މައްސަލަތަކަކާ ގުޅިގެން ތަހުގީގަށް ހާޒިރުވުމަށް 3 މީހަކަށް އަންގައި އިއުލާނުކޮށްފިއެވެ.
އެގޮތުން ފުލުހުން ހޯދަން އިއުލާނުކޮށްފައިވާ ތިން މީހުން؛
- ސ. ހިތަދޫ / ސެންޓްރާލް، މުމްތާޒު ޙުސައިން (53އ)
- ރ. ކަނދޮޅުދޫ / ބާރޑްވިލާ، ޢަބްދުﷲ އަޙްމަދު ވަސީމް (37އ)
- ދ. ކުޑަހުވަދޫ / އައިޝާ މަންޒިލް، އަޙްމަދު ސުނިލް (40އ)
މި ތިން މީހުންވެސް ހޯދަން އިއުލާނުކޮށްފައިމިވަނީ، މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށްކަމަށާއި، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އެންގުމަށެވެ.
އެގޮތުން، ސ. ހިތަދޫ / ސެންޓްރާލް، މުމްތާޒު ޙުސައިން (53އ) އާއި، ރ. ކަނދޮޅުދޫ / ބާރޑްވިލާ، ޢަބްދުﷲ އަޙްމަދު ވަސީމް (37އ) ހޯދަނީ ހުޅުމާލެ ފޭސް 2 އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ކަމަށްވާއިރު، އެދެމީހުންވެސް ހާޒިރުވާންޖެހެނީ ހުޅުމާލެ ފޭސް 2 އެއްގެ ޕޮލިސް ސްޓޭޝަން، 2025 މެއި 29 ވަނަ ދުވަހުގެ 14:00 އަށްކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި ދ. ކުޑަހުވަދޫ / އައިޝާ މަންޒިލް، އަޙްމަދު ސުނިލް (40އ) ހޯދަނީ، ޑްރަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށްކަމަށާއި އޭނާ ހާޒިރުވާންޖެހެނީ އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަންއަށް، 2025 މެއި 29 ވަނަ ދުވަހުގެ 14:00 އަށްކަމަށް ފުލުހުން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް