މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ( އެމްއެމްއޭ ) އަށް ކޮންމެ ހަފުތާއަކު ބޭންކުތަކުން ވިއްކަންޖެހޭ ބޭރުފައިސާގެ އަދަދު ނުވަދިހަ އިންސައްތަ އަށް އިތުރު ކުރުމަށް އެ އޮތޯރިޓީން ނިންމައިފިއެވެ.
އެގޮތުން، އެމްއެމްއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހުގެ އެކަކުން ފެށިގެން މި ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށާއި، ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން، ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން އޮތޯރިޓީން ކަނޑައަޅާ އިންސައްތައެއްގެ ޢަދަދަކަށް ބޭރު ފައިސާ ބޭންކުތަކުން އޮތޯރިޓީއަށް ވިއްކަންޖެހޭ ކަމަށެވެ.
އެގޮތުން، ކޮންމެ ހަފުތާއަކު ބޭންކުތަކުން އެ އޮތޯރިޓީއަށް ވިއްކަންޖެހޭ ބޭރު ފައިސާ ފަސްދޮޅަސް އިންސައްތަ އިން ނުވަދިހަ އިން ސައްތައަަށް އަށް 1 ޖޫން 2025 އިން ފެށިގެން އިތުރުކުރެވޭނެ ކަމަށާއި، މި ބަދަލު ގެނެސްފައިވަނީ، އެމްއެމްއޭއިން ބޭންކުތަކަށް ކޮންމެ ހަފްތާއަކު ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުމަށް ކަމަށްވެސް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް