މިނިސްޓްރީ އޮފް ހެލްތާއި ތައިލެންޑުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތާ އެކު، އާންމު ސިއްހަތުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމެއްގައި ސޮއިކުރެއްވީ ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ހަވާސާގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރު ޚަދީޖާ އަބްދުއްސަމަދު އަބްދުالله އެވެ. ތައިލެންޑްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އޮފް ޕަބްލިކް ހެލްތު މިސްޓަރ ޑެޖް-އިސް ޚާއޮތޮންގް އެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޕްރައިމަރީ ހެލްތު ކެއާ ކުރިއެރުވުން، ހެލްތު ރެގިއުލޭޓަރީ ފްރޭމްވޯކްސް ހަރުދަނާކުރުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) ގެ ރެގިއުލޭޓަރީ ޚިދުމަތް ހަރުދަނާ ކުރުމަށާއި، ޞިއްޙީ ދާއިރާގެ އިންސާނީ ވަޞީލަތްތައް ހަރުދަނާކުރުމަށާއި ހެލްތު ޕޮލިސީ، ހެލްތު ސިސްޓަމް ރިސަރޗް އަދި ހެލްތު އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ހަރުދަނާކުރުމަށް އެހީތެރިކަން ލިބިގެންދިއުމުގެ އިތުރުން، ޞިއްޙީ ދާއިރާ ކުރިއެރުމަށް ބޭނުންވާ އިނޮވޭޓިވް ސަސްޓެއިނަބަލް ފައިނޭންސިންގއަށް އެހީތެރިކަން ލިބިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޘިމް އިބްރާހީމާއި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރ ސައިމާ ވާޒިދް ބައިވެރިވެ ވަޑައިގަންނަވާ ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން، އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު، އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ ދިވެހިރާއްޖެއާ ތައިލޭންޑުގެ ޞިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަ ކުރައްވާ، އެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އަދި މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ދެޤައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ ޕާޓްނަރޝިޕްގައި ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީއެއްކަމަށް ވިދާޅުވިއެވެ. އެހެން ކަމުން ރާއްޖޭގެ ޞިއްހީ ދާއިރާގެ ކުރިއެރުމަށް ތައިލޭންޑުން ދެއްވާ އެއްބާރުލުމަށް ޝުކުރުއަދާކުރެއްވިއެވެ.
Ministry of Health has signed an MoU with Thailand’s Ministry of Public Health to strengthen cooperation in public health. The signing took place during the 78th World Health Assembly in Geneva. #WHA78 #Maldives #Thailand pic.twitter.com/4GnnGDqlCN
— Ministry of Health (@MoHmv) May 20, 2025
އަދި މި އެއްބަސްވުން ވެގެންދާނީ ރަައްޔިތުންގެ ސިއްހީ ނިޒާމަށް ފައިދާކުރާނެ މަސައްކަތްތަކެއް ކުރުމަށް އެއެބާރުލުންދެނެ ވަރުގަދަ ބިންގަލަކަށްކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ. އަދި މި ސަރަހައްދުގެ ސިއްހީ ނިޒާމު ހަރުދަނާކުރުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން، ޚާއްސަކޮށް ރީޖަނަލް އޮފީސް ފޯ ސައުތު އީސްޓް އޭޝިޔާއިން ދެއްވާ އިރުޝާދާއި އެއްބާރުލުން ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމުގައި ވަނީ ޖޮއިންޓް ވޯކިންގ ގްރޫޕެއް އުފެއްދުމާއި، އެކަން ފައިދާހުރި ގޮތެއްގައި ތަންފީޒު ކުރުމަށްޓަކައި ތަފްސީލީ އެކްޝަން ޕްލޭނެއް އެކުލަވާލުމަށް ނިންމާފައެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ފަންނީ ކުރިއެރުންތަކެއް ލިބިގެން ދިއުމާއި އެކު ދެގައުމުގެ ދެމެދު އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް ބަދަހިވެގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް