ނޑުދަތުރުފަތުރުގެ ދާއިރާގެ ކޯސްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އައު އުޞޫލުތަކެއް ކަނޑައަޅައިފިއެވެ.
މިކަން ހާމަކޮށް، ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ ކަނޑުދަތުރުފަތުރުގެ ތަމްރީނުދޭ އަމިއްލަ މަރުކަޒުތަކުގެ ޚިދުމަތްތައް ރަނގަޅުކުރުމަށް، މިހާރު ޢަމަލު ކުރަމުންދާ އުޞޫލަށް ހަރުދަނާ ބަދަލުތަކެއް ގެނައުމަށް އެފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ މިނިސްޓްރީން ކަނޑައަޅާފައިވާ އައު އުޞޫލުގެ ދަށުން، ތަމްރީނުދޭ މަރުކަޒުތަކުން ސަމާލުކަންދޭންވީ ކަންތައްތަކަކީ:
- ކޮންމެ ކޯހެއް ފެށުމުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މިނިސްޓްރީއިން ކަނޑައަޅާ މުއްދަތުގެ ތެރޭގައި ހުށަހެޅުން
- ކޯސް ނިމުމުން މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ރިޕޯޓުތަކާއި ފޮޓޯތައް މިނިސްޓްރީން ކަނޑައަޅާ މުއްދަތުގެ ތެރޭގައި ހުށަހެޅުން
- ކިޔަވައިދޭ މަރުކަޒުތަކުން ކޯހެއް ފެށުމުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް، މިނިސްޓްރީ އިން ކަނޑައަޅާ ވަކި ފޯމެޓެއްގައި ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހެޅުން
- ކޯހެއްގެ ބެޗެއް ހިންގާނަމަ މިނިސްޓްރީގެ ހުއްދަ ވަކި ވަކި ކޮންމެ ބެޗަކަށް ނެގުން
- ދުވަހުން ދުވަހަށް ކްލާހުގެ ހާޒިރީ އަދި ކްލާސް ކުރިއަށް ގެންދާގޮތުގެ ފޮޓޯ ހުށަހަޅަންވާނެ
މި ބަދަލުތަކުގެ ސަބަބުން، ކަނޑުދަތުރުފަތުރުގެ ދާއިރާއަށް ޚާއްޞަކޮށް ހިންގާ ކޯސްތަކުގެ ފެންވަރު ރަނގަޅުވެ، ދަރިވަރުންނަށް ދެވޭ ތަޢުލީމާއި ތަމުރީނުގެ ފެންވަރު މަތިވެ، ސަލާމަތާއި ރައްކާތެރިކަމަށް އިތުރު އަހައްމިއްޔަތުކަމެއް ދެވިގެންދާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
ކަނޑުދަތުރުފަތުރުގެ ދާއިރާއާ ގުޅުންހުރި ތަމްރީނު ޕްރޮގްރާމްތައް ހިންގާ މަރުކަޒުތަކުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ފެންވަރު މަތިކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއި، ގެނެވިދާނެ އެކަށީގެންވާ ބަދަލުތަކާ ގުޅޭގޮތުން ކަމާއި ގުޅުންހުރި ފަރާތްތަކާއި އެކު ފުޅާ… pic.twitter.com/vme19Rb9FB
— Ministry of Transport and Civil Aviation (@MoTCAmv) May 19, 2025
އަދި މި އައު އުޞޫލާއި ޚިލާފަށް ކޯސްތައް ހިންގާ މަރުކަޒުތަކާ މެދު ފިޔަވަޅުއަޅައި އެފަދަ މަރުކަޒުތަކުން ހިންގާ ކޯސްތަކަށް މިނިސްޓްރީގެ ހުއްދަ ނުދޭގޮތަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. މި އުޞޫލުތަކަށް ޢަމަލުކުރަން ފަށާނީ 1 ޖޫން 2025 އިން ފެށިގެންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް